Friday, October 25, 2013

ރައިވަރުގެ ދޭހަވާ މާނަ


ދޫ ކަތުން ނޭވާ މުޅަ          (މުޅަދޫ ކަތުންނޭވެ)
ދޫ އުފަންވީ ތެރަށް ފުޅަ        (ފުޅަދޫ ތެރަށް އުފަންވީ)
ދޫ ނުވާ ދެއްވި ނަމަހުޅަ        (ހުޅަވާދޫ ނުދެއްވިނަމަ)
ދޫ ދެވާ ވާނަމޭ ގުޅަ           (ދެވާދޫ ގުޅަވާނަމޭ)
ދޫ ދިގދވި ފަޅު އިހަށް ގޮތަށް     (ދިގަދޫ އިހަށް ފަޅުވި ގޮތަށް)
ދޫ ހަނިމާ ވާ ގޮތަށް            (ހަނިމާދޫ ވާ ގޮތަށް)
= މުޑަނު ފޮތް: 24 ވަނަ ރައިވަރު =

ދޭހަވާ މާނަ:
ތިމާގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުމުން، ތިމާ އަކީވެސް އެއާ ވިއްދާ ކަމެއް ކުރާނެމީހެއްކަން ހާމަކުރުމެވެ.