Wednesday, October 23, 2013

ރައިވަރުގެ ޝަރަހަ

ރޭތެ ބަލިތަކު ހިނގާ             (ބަލިތަކު ތެރޭ ހިނގާ)
ބޭހާއި ފަރުވާތަކާ                 (ބޭހާއި ފަރުވާތަކާ)
ދޭހަކޮށް ދިނަކަސް ކިޔާ           (ކިޔާ ދޭހަ ކޮށްދިނަކަސް)
މޭރުން ސަފުން ނުވަންޏާ          (ސަފުން މޭރުން ނުވަންޏާ)
ތޭނުމަބުބަލަ ބެހެއްނާށެ            (ބަލަ މަބުނާނެ ބަހެއްނެތޭ)
ހޭ ކަމުނދާން އޮންނާނެ            (ކަމުދާން އޮންނާނެހޭ)
=މުޑަނު ފޮތް: 28 ވަނަ ރައިވަރު=

   ޝަރަހަ
ހުރިހާ އިންސާނުންނަކީ އެއްވަރަށް ވިސްނޭ ބައެއްނޫނެވެ. އެހެނީ އެކި މީހުން ނަށް ވިސްނުން ދެއްވާފައިވަނީ އެކި މިންވަރަށް ށެވެ. އެއްބައި މީހުންނަކީ ޤަރަހިތެއްގެ ވެރި ބައެކެވެ. އެފަދަ މީ ހުންނަށް ވިސްނައި ދިނުމަކީ ނުވަތަ އެއްޗެއް އޮޅުން ފިލުވައި ދިނިމަކީ ފައްސޭހަ ކަމެއް ނޫނެވެ. އަނެއްބައި މީހުންނަކީ ބުނާ އެއްޗެއް ވަރަށް އަވަހަށް ނަގައި ގަނެވޭ މީހުންނެވެ. މިފަދަ މީހުންނަށް މާގިނަ ފަހަރަކު ނުވަތަ ގިނަ އިރު އެއަޗެއް ވިސްނާދޭކަށް ނުޖެހެއެވެ. މިސާލަކަށް އަލަށް ކުޑަކުދިނަނަށް ހށ ބައި ދަސް ކޮށްދޭއިރު ފުރަތަމަ ފަހަރު ހ ހ ހ މިހެން ކިޔާ ދޭއިރު އެއްވެސް އަކުރެއް ކިޔަން ނޭނގޭ ކުދިން އުޅެއެވެ. ނަމަވެސް ބައެއް ކުދިން ހ ހ ހ މިހެން ބުނުމުން އެ އަކުރު ވަރަށް ރަނގަޅަށް ކިޔާ ކުދިންވެސް އުޅެއެވެ.